ރާއްޖެ އެތެރެކުރާ އިންޑިއާގެ ހަވާދުގެ ބާވަތްތަކެއް ބޭނުން ނުކުރުމަށް އަންގައިފި

ދަޕްރެސް

27 އޭޕްރީލު 2024 | ހޮނިހިރު | 5:18

ދިވެހިރާއްޖެ އަށް އެތެރެކުރާ އިންޑިއާގެ ހަވާދުގެ ބާވަތްތަކެއް ކަމުގައިވާ "އެވަރެސްޓް" އަދި "އެމްޑީއެޗް" ބޭނުން ނުކުރުމަށް އަންގައިފިއެވެ.

ސިންގަޕޫރުގެ ފުޑް އޭޖެންސީއެއް އަދި ހޮންކޮންގެ ސެންޓާ ފޯ ފުޑް ސޭފްޓީ އިން ބުނީ އިންޑިއާގެ "އެވަރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑުގެ ހަވާދުގައި އެތަލީން އޮކްސައިޑް ހުރިކަމަށާއި އެ ޕްރޮޑްޓަކީ ބޭނުން ކުރުން ރައްކާތެރި އެއްޗަކަށް ނުވާތީ އެ ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

އެތަލީން އޮކްސައިޑަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓް ކުރުމަށް ބޭނުންކުރާ ކެމިކަލެކެވެ. މި ކެމިކަލް ބޭނުން ކުރުމަކީ ސިއްހީ ގޮތުން އެތައް މައްސަލައެއް ކުރިމަތިވާ ކަމެއް ކަމަށް ދިރާސާ ތަކުން ވަނީ ހާމަވެފައެވެ.

މައުޟޫޢުތަށް