ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ގަހެއްގައި ޖެހި ފުރޮޅާލައިފި

ދަޕްރެސް

24 އޭޕްރީލު 2024 | ބުދަ | 9:07

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ގަހެއްގައި ޖެހި ފުރޮޅާލައި އެކަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިިފިއެވެ.

ފުލުހުން ބުނީ، ރޭ ފަތިހު ލިބުނު ރިޕޯޓަކާ ގުޅިގެން ހަރަކާތްތެރި ވެފަައި ވާ ކަމަށާއި ފުރޮޅުނު ކާރުގެ ފަހަތު ސީޓިގައި އިން އަންހެނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

އޭނާގެ ހާލު ސީރިއަށް ނޫން ކަމަށް ފުލުހުން ބުނެއެވެ.

މައުޟޫޢުތަށް