އިންޑިއާގެ ހަވާދުތަކެއް ރާއްޖޭގައި މަނާކޮށްފި

މިނޫސް

27 އޭޕްރީލު 2024 | ހޮނިހިރު | 12:44

އިންޑިއާގެ ހަވާދު ބްރޭންޑްތަކެއް ރާއްޖޭގައި މަނާކޮށްފި އެވެ.

ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އިންޑިއާގެ އުފެއްދުމެއް ކަމުގައިވާ "އެވަރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތަކުގައި "އެތިލިން އޮކްސައިޑް" ހުރި ކަމަށް ބުނެ ސިންގަޕޯ ފުޑް އެޖެންސީ އަދި ހޮންކޮންގެ ސެންޓާ ފޯ ފުޑް ސޭފްޓީން ވަނީ އެ އުފެއްދުންތައް ބޭނުން ނުުކުރަން އިލްތިމާސްކޮށް އަސަރުކޮށްފައިވާ އެ ބްރޭންޑްގެ ހުރިހާ ބާވަތެއް ބާޒާރުން ނެގުމަށް އަންގާފައި ކަމަށެވެ."އެތިލިން އޮކްސައިޑް" އަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓް ކުރުމަށް ބޭނުން ކުރާ ކެމިކަލެކެވެ. ނަމަވެސް ސިއްހަތަށް ކޮށްފާނެ އަސަރަކަށްޓަކައި މި ކެމިކަލް ކާބޯތަކެތި އުފެއްދުމަށް ބޭނުން ކުރުމަކީ އެދެވޭ ކަމެއް ނޫނެވެ.ފުޑް އޮތޯރިޓީން ބުނީ މި ބްރޭންޑްގެ ހަވާދަކީ ރާއްޖެއަށް ވެސް ވަރަށް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުން ކުރަމުންދާ ހަވާދުގެ ބާވަތްތަކެއް ކަމުން މި ބްރޭންޑްގެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން "އެވަރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.

މައުޟޫޢުތަށް