ފީފާގެ ވަފުދުގެ މަޝްވަރާ؛ ބޮޑަށް ބުރަވަނީ އެފްއޭއެމް އިންތިހާބުގެ ކުރިން އަސާސީގަވާއިދު އިސްލާހު ކުރަން

މިހާރު

28 އޭޕްރީލު 2024 | އާދިއްތަ | 12:40

މިދިޔަ ހަފުތާގައި ފީފާގެ ވަފުދުން ރާއްޖޭގެ ފުޓްބޯޅައިގެ އިދާރީ ހިއްސާދާރުންނާ އެކު ބޭއްވި ބައްދަލުވުންތަކުގެ މަޝްވަރާތަކުން ބޮޑަށް ބުރަ ވަނީ އެފްއޭއެމްގެ އަސާސީގަވާއިދު އިސްލާހުކުރުމަށް ފަހު އިންތިހާބަކަށް ދިއުމަށެވެ.

އެ މަސައްކަތް ކުރުމަށް، ފީފާއިން ހަވާލުކުރަނީ ނޯމަލައިޒޭޝަން ކޮމިޓީއަކާ އެވެ. ބައްދަލުވުމުގައި ބައިވެރިވި ކްލަބެއްގެ އޮފިޝަލަކު ވިދާޅުވީ، އެފްއޭއެމްގެ އަސާސީގަވާއިދުގައި ހުރި ބައެއް މައްސަލަތައް ކަލްބްތަކުން ފީފާގެ ވަފުދާ އެކު ބޭއްވި ބައްދަލުވުމުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ ކަމަކީ، އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލުމުގައި އޮތް ހަނި ޖާގަ އެވެ. ވަކި އަދަދެއްގެ ކްލަބްތަކެއްގެ އެންޑޯޒްމެންޓް ލިބިގެން ނޫނީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތުމަކީ ހާމަކަން ބޮޑު ހުޅުވާލެވިފައިވާ އިންތިހާބަކަށް އޮތް ހުރަހެއްގެ ގޮތުގައި ފާހަގަ ކުރެ އެވެ. އެ މާއްދާ އޮތީ އެފްއޭއެމްގެ އިނގިރޭސި ގަވާއިދުގެ އެންމެ ފަހު އާޓިކަލްގަ އެވެ.

މައުޟޫޢުތަށް