ކޯޗާ އަރާރުންވެ ކުޅެން ނުކުތް ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު

މިހާރު

28 އޭޕްރީލު 2024 | އާދިއްތަ | 6:45

ލަންޑަން (އޭޕްރީލް 28) – ދަނޑު ބޭރުގައި، ކޯޗު ޔާގަން ކްލޮޕާ އަރާރުންވުމަށް ފަހު ކުޅެން ނުކުތް މުހައްމަދު ސަލާހަށް ލިވަޕޫލަށް އެހީ ނުވެވި މެޗު ނިންމާލަން ޖެހިއްޖެ އެވެ.

ޕްރިމިއާ ލީގުގައި ވެސްޓްހޭމްއާ ދެކޮޅަށް ކުޅެން މެޗުގެ 79 ވަނަ މިނެޓްގައި ސަލާހް ކުޅެން އަރުވަން އުޅުނު ވަގުތު ކްލޮޕާ ދެ މީހުން އަރާރުންވާ މަންޒަރު ފެނުނެ އެވެ. ވެސްޓްހޭމުން 2-2 ން ނަތީޖާ ހަމަހަމަ ކުރުމުން ކްލޮޕް ބޭނުންވީ ޓީމުގެ އެންމެ އިތުބާރު ފޯވާޑް ދަނޑަށް ނެރެ ނަތީޖާ ބަދަލު ކުރުމުގައި އެހީވުމަށެވެ.

އެކަމަކު، ލިވަޕޫލުން ފުއްދާލަން ޖެހުނީ ޕޮއިންޓަކާ އެކު އެވެ. ލީގު ހޯދުމުގެ ރޭހުގައި ލިވަޕޫލަށް އިތުރު މަޑުޖެހުމެއް އަނެއްކާ ވެސް ކުރިމަތި ވީ އެވެ.

މައުޟޫޢުތަށް