ޔުނައިޓެޑުން ޓެން ހަގުގެ މުސާރަ ކުޑަ ކުރަނީ

މިހާރު

25 އޭޕްރީލު 2024 | ބުރާސްފަތި | 1:35

މެންޗެސްޓާ (އޭޕްރީލް 25) – މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގްގެ މުސާރަ، އަންނަ ސީޒަނުގައި ކުޑަ ކުރަން ޖެހިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ޔުނައިޓެޑްގެ އޮފިޝަލަކު އީއެސްޕީއެން އަށް ބުނީ، އަންނަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުން ކްލަބަށް ޖާގަ ނުލިބިއްޖެނަމަ، ޓެން ހަގްގެ މުސާރައިން 25 ޕަސަންޓް ދަށް ކުރުމަށް ކްލަބުން ނިންމާފައިވާ ކަމަށެވެ.

ޔުނައިޓެޑް އޮތީ ޗެމްޕިއަންސް ލީގުގެ ޖާގައާ 16 ޕޮއިންޓް ދުރުގަ އެވެ. އެ ޓީމަށް ލީގުގައި އޮތީ ބާކީ ފަސް މެޗެވެ.

މައުޟޫޢުތަށް