ޒަމާންވީ އާދަކާދަތައް ދިރުވުމުގައި ދިރާގުން ދެއްކީ ރީތި ނަމޫނާއެއް

މިހާރު

22 އޭޕްރީލު 2024 | ހޯމަ | 12:15

މިދިޔަ ރޯދަ މަހާއި އީދު ދުވަހު ނެތެމުންދާ ދިވެހިންގެ ޒަމާންވީ އާދަކާދަތައް ފެނިގެން ދިޔަ އެވެ. ސޯޝަލް މީޑިއާގައި ތަށިބަރިތައް ހަދިޔާކުރުމުން ފެށިގެން ގުޑިއެރުވުމާއި އީދު ބޯކިބާ އާއި ހަދިޔާ ބަދަލުކުރުން ފަދަ ސަގާފަތްތަކުގެ ފޮޓޯތަކަށް ޖާގަ ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށް, ރީތި ނަމޫނާއެއް ދެއްކި އެއް ކުންފުންޏަކީ ދިރާގެވެ.

ދިރާގަކީ ރާއްޖޭގެ ރީތި އާދަކާދަތައް ދިރުވުމަށް ކޮންމެ އަހަރެއްގެ ރޯދަ މަހާއި އީދުގައި ގިނަ ހަރަކާތްތަކެއް ރާވާ ކުންފުންޏެވެ. އެ ކުންފުނިން ރޯދަ މަހު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ "ތަށިބަރި މޫވްމަންޓް" އެވެ. މިއީ 8019ގެ އަހަރުތަކަށް ފަހު ނެތިގެން ދިޔަ އެއް ގެއިން އަނެއް ގެއަށް ރޯދަ ވިއްލަން ތައްޔާރު ކުރާ ތަކެތި ބަދަލުކުރުމަށް ގެންގުޅުނު ސަގާފަތް ދިރުވުމަށް ދިރާގުން ފެށި ހަރަކާތެކެވެ. ކޯޕަރޭޓް ކުންފުންޏަކުން އަލަށް 2018 ވަނަ އަހަރު ފެށި މި މޫވްމަންޓު މިސާލަކަށް ބަލައި, އެކި ކުންފުނިތަކުން ވެސް މި ހަރަކާތް މި އަހަރު ކުރިއަށް ގެންދިޔަ އެވެ. ދިރާގުގެ ތަށިބަރި މޫވްމަންޓުގައި މި އަހަރު ވެސް ސަރުކާރުގެ އިސްވެރިންނާއި އާއްމުންނާއި އިންފުލެއެންސަރުންނާއި ސެލެބްރިޓީން ބައިވެރިވި އެވެ.

މި އަހަރުގެ ރޯދަ މަހު އެންމެ ފޯރިގަދަ ހަރަކާތެއްގެ ގޮތުގައި ދިރާގުން ކުރިއަށް ގެންދިޔަ ހަރަކާތަކީ "ގުޑިފެސްޓް" އެވެ. މާލެ, ހުޅުމާލެ އަދި ރާއްޖޭގެ އެކި ރަށްރަށުގައި ދިރާގުން ހިންގި މި ހަރަކާތަކީ ރޯދަ މަހުގެ ހަވީރު ޒަމާނުއްސުރެ އޮންނަ ގުޑިއެރުވުމުގެ ސަގާފަތް ދިރުވާ, މަޖާ މާހައުލެއްގައި ގިނަ ބަޔަކަށް ގުޑިއެރުވުމުގެ ހަރަކާތް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. ކުޑަކުދިންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ދިރާގުން ހިލޭ ގުޑި ހަދިޔާކުރި އެވެ. މި ހަރަކާތަކީ ގިނަ ބައެއްގެ ތަރުހީބު ލިބުނު ހަރަކާތަކެވެ. މި އަހަރަކީ ދިރާގުން މި ހަރަކާތް ބޭއްވި ދެ ވަނަ އަހަރެވެ.

މައުޟޫޢުތަށް