ފަލަސްތީނަށް މިނިވަން ހައްލަކަށް ޗައިނާ ވަކާލާތުކުރާނެ: ޗައިނާ

އަވަސް

27 އޭޕްރީލު 2024 | ހޮނިހިރު | 11:37

ފަލަސްތީންގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ ނުފޫޒުގަދަ ބައެއްގެ އިހުމާލު ކަމަށް ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގެ ހާރިޖީ ވަޒީރު މުހައްމަދު ހަސަންގެ އަރިހުގައި ބެއިޖިންގައި އޮތް ބައްދަލުވުމެއްގައި ވާންގް ޔީ ވިދާޅުވީ -- ފަލަސްތީން މިނިވަންކުރަން މެލޭޝިއާ ވެސް ހިމެނޭ ގޮތުން -- މުސްލިމް ޖަމާއަތްތައް ކުރާ މަސައްކަތްތަކުގައި ޗައިނާގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. ފަލަސްތީނަށް ބޭނުންވަނީ ކޮޅެއްގައި ނުޖެހޭ ގޮތަށް ބަޔަކު ހަދައިދޭ އެއްބަސްވުމެއް ނޫން ކަމަށްވެސް ޗައިނާގެ ވަޒީރު ވިދާޅުވި އެވެ. މެލޭޝިއާގެ ހާރިޖީ ވަޒީރު މުހައްމަދު ހަސަން ޗައިނާއަށް ވަޑައިގެން އުޅުއްވަނީ ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ ދެއްވި ދައުވަތަކަށެވެ. ތިން ދުވަހުގެ ދަތުރު ނިންމަވާލައިވައި މެލޭޝިއާއަށް ވަޑައިގަތުމުގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ހަސަން ވިދާޅުވީ ޗައިނާ އަކީ ދުނިޔޭގައި ކުޅިބައި އަތުރާލާ ގައުމެއް ކަމަށް މެލޭޝިއާ ގަބޫލުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔެއަށް ވެރިވެފައި އޮތް އަދި ނުފޫޒުގަދަ ބާރުތަކުން ކުރިމަތިކުރުވާ ޕްރެޝަރުގައި ޗައިނާ ދަތުރުކުރަނީ އެންމެންގެ ލާބައަށް ކަމަށެވެ. ފަލަސްތީންގެ މައްސަލަތަކަށް ޗައިނާއިން ދޭ އަހަންމިއްޔަތުކަން މެލޭޝިއާއިން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު ކަމަށްވެސް ހަސަން ވިދާޅުވި އެވެ. ދެކުނު ޗައިނާ ކަނޑުގައި އުފެދިފައި އޮތް ނުތަވަސް ކަމަށް އަލިއަޅުއްވާލައްވައި ހަސަން ވިދާޅުވީ ގޮތުން ސަރަހައްދީ މަސްލަހަތުން ބޭރު އެއްވެސް ބަޔަކު އެ ސަރަހައްދުގައި ހަރަކާތްތެރިވުމަށް މެލޭޝިއާ ރުހުން ނޯންނާނެ ކަމަށެވެ. ހަސަން ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގެ މަސްލަހަތު ގިނަ ގައުމުތަކަކަށް ބައިވެފައި އޮތް ނަމަވެސް ސަރަހައްދީ މަސްލަހަތުގައި ޗައިނާ އަދާކުރާ ދައުރަށް މެލޭޝިއާގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މެލޭޝިއާ އޮތީ ބަދަލުވަމުންދާ ދުނިޔޭގައި ޗައިނާއާ އެކު ކުރިއަރައިދާ ގޮތަށް ކަމަށެވެ. ދެކުނު ޗައިނާ ކަނޑުގެ މަސްލަހަތު މިހާރު އޮތް ގޮތަށް އަތުރާލާފައިވަނީ ހުޅަނގުގެ ނުފޫޒުން ކަމަށްވެސް ހަސަން ވިދާޅުވި އެވެ. ދުނިޔޭގައި ހިނގާ ކޮންމެ ގޯސްކަމެއްގެ ފަހަތުގައި ހުޅަނގު އޮންނަ ކަމަށްވެސް މެލޭޝިއާގެ ހާރިޖީ ވަޒީރު މުހައްމަދު ހަސަން ވިދާޅުވި އެވެ.

މައުޟޫޢުތަށް