ގާޒާ އަށް އެހީވާން އިނގިރޭސި ސިފައިންގެ ޓީމެއް

އައްޑޫ ލައިވް

27 އޭޕްރީލު 2024 | ހޮނިހިރު | 5:47

ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށް ދޭން އިނގިރޭސިވިލާތުގެ ސިފައިންގެ ޓީމެއް އެ ގައުމުގައި ހަރަކާތްތެރިވާ ގޮތަށް ނިންމައިފި އެވެ.

އެގޮތުން އެ ޓީމް ގާޒާގައި ޑިޕްލޯއި ކުރަން ނިންމާފައި ވަނީ ގާޒާ އަށް އެހީ ފޯރުކޮށް ދޭން ހުރި މަގުތަކަށް އިޒްރޭލުން ދޭން ނިންމާފައިވާ ލުއިތަކާ ގުޅިގެންނެވެ. އަދި އިނގިރޭސި ސިފައިންގެ ޓީމް މައިގަނޑު ގޮތެއްގައި ހަރަކާތްތެރި ވާނީ ކަނޑުމަގުން ގާޒާ އަށް ފޮނުވާ އެހީތައް ފޯރުކޮށް ދިނުމަށެވެ.

މިކަމާ ގުޅޭ ގޮތުން އިނގިރޭސި ޑިފެންސް ސެކްރެޓަރީ ގްރާންޓް ޝެޕްސް ވިދާޅުވީ އެ ގައުމުގެ އަމާޒަކީ ގާޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށް ދިނުމުގައި އިސް ދައުރެއް އަދާކުރަން ކަމަށެވެ. އެގޮތުން އެމެރިކާ އާއި އެ ނޫން ވެސް ގައުމުތަކާ އެކީ މިކަމުގައި ގާތުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

މައުޟޫޢުތަށް